މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024 ގެ މުހިންމު ދެ އެވޯޑް ލިބިއްޖެ އެވެ.
ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024 ގައި އެމްޕީއެލް އަށް ލިބުނީ އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް އެވޯޑާއި އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން އެވޯޑެވެ.
މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި މިމަހުގެ 20 ވަނަ ދުވަހު އެވެ.
މިއީ އެމްޕީއެލްއަށް އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން އެވޯޑް ލިބުނު ފުރަތަމަ ފަހަރެެވެ.
އެމްޕީއެލްއަށް އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް އެވޯޑް ލިބުނީ މުވައްޒަފުންނަށް ތަމްރީންތައް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށެވެ.
އެމްޕީއެލްއަށް މި ދެ އެވޯޑްވެސް ލިބުނީ ދެކުނު އޭޝިއާގެ ހަތް ގައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންނެވެ.