ސީ ޓް އެއާ ކާގޯ

ސީ-ޓު-އެއާ ކާގޯ ހިދުމަތާ އަނެއްކާވެސް އާ އެއާލައިނަކުން ގުޅިއްޖެ

ސީ-ޓު-އެއާ ކާގޯގެ ހިދުމަތާއި ވާޖިން އެޓްލާންޓިކް އެއާލައިން ގުޅިއްޖެ އެވެ.

މިއާއެކު މިހިދުމަތް 12 އެއާލައިނަކުން ގުޅިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.

މި ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އަވަހަށް އަދި ރައްކާތެރިކަމާއެކު އެ ގެންދަން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

އެމްއޭސީއެލް އިން ބުނީ މި ހިދުމަތުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެމުންދާ ކާގޯ ހިދުމަތް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި އެއާޕޯޓުގެ ހިއްސާ އިތުރަށް ވަރުގަދަވުމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއްކަ މަށްވެސް ބުންޏެވެ.

މިއަހަރުގެ މެއިމަހު ފެށި މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓް ތަކެވެ.

އެމްއޭސީއެލް އިން ބުނީ ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން މިހާތަނަށް 1000 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހިދުމަތުގެ ތެރެއިން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.