ޕްރޮމޯޝަން

ހަމަ އެންމެ ކޯކު ފުޅިއެއް ބޯލައިގެން ތިން މީހަކު ޕެރިހަށް

ކޮކާ ކޯލާއަކީ ޕްރޮމޯޝަންތައް ބޭއްވުމުގައި ފާހަގަކޮށްލެވޭ ބައެކެވެ. މީހުން އެންމެ ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކޮކާ ކޯލާ ވަރެއް ހަމަ ނެތެވެ. ކޮކާ ކޯލާގެ ޕްރޮމޯޝަންތަކަށް ލިބެނީ ކުޑަ ތަރުހީބެއް ވެސް ނޫނެވެ. ޕްރޮމޯޝަނެއް ފަށައިފިނަމަ އެ ޕްރޮމޯޝަނެއްގައި މުޅި ދިވެހިން ބައިވެރިވަނީ އެކައްޗެއް ކިޔައިގެންނެވެ.

އެގޮތުން ޔޫރޯ 2016އާ ދިމާކޮށް ކޮކާ ކޯލާއިން ފަށާފައިވާ "ވޮޗް ޔޫއެފާ ޔޫރޯ 2016 ލައިވް" ޕްރޮމޯޝަންނަށް ގިނަ ބަޔެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. މި ޕްރޮމޯޝަނުގައި ޔޫރޯ 2016ގެ މެޗެއް ބަލައިލުމަށް ފްރާންސްގެ ޕެރިހަށް ދިޔުމުގެ ފުރުސަތު ކޮކާ ކޯލާއިންދެ އެވެ. އެއީ ހަ މީހަކަށެވެ. ކޮންމެ ހަފުތާއަކު މީހަކަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޕެރިހަށް ދިޔުގެ ފުރުސަތު ލިބޭ ފުރަތަމަ ތިން މީހުން މިވަނީ ހޮވާފަ އެވެ. އެއީ، ފާތިމަތު ރަޝާ، އިބްރާހިމް ނައީމް އަދި އިބްރާހިމް މޫސާ އެވެ. މި ތިން މީހުންނަށް ޕެރިހަށް ދިޔުމުގެ ފުރުސަތު ލިބިފައިވާއިރު، އެކުގައި އިތުރު ބައިވެރިޔަކު ގެންދެވޭނެ އެވެ. މި ތިން މީހުންނަށް ޓިކެޓް ހަވާލުކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކްލަބްގެ ކޯޖް އަލީ ސުޒޭން އެވެ.

މި ތިން މީހުންނަށް ޓިކެޓް ހަވާލުކުރުމަށް މިއަދު ސިޓްރަން ރެސްޓޯރެންޓްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ޔޫރޯ ނޫނީ ވޯލްޑް ކަޕް ބަލާލުމަށް ދިޔުމުގެ ފުރުސަތަކީ ފުޓްބޯޅަ ކުޅޭ ފަރާތްތަކަށް ވެސް ގިނައިން ލިބޭ ފުރުސަތެއް ނޫން ކަމަށާއި އެކަން ވެފައި އޮންނަނީ ސްޕޭސްއަށް ދިޔުން ފަދަ ކަމަކަށް ކަމަށެވެ. ސުޒޭން ވިދާޅުވީ، ކޯކް ފުޅިއެއް ބޯލައިގެން ސްޕޭސްއަށް ދިޔުމުގެ ފުރުސަތު މިހާރު ކޮކާ ކޯލާއިން ހޯދައިދީފައިވާ ކަމަށެވެ.

ޕެރިހަށް ދާން ފުރުސަތު ލިބުމާއެކު މި ތިން މީހުން ވެސް ތިބީ ވަަރަށް އުފަލުންނެވެ. ތިން މީހުން ވެސް ބުނި ގޮތުގައި، މި ނަސީބު ލައްވާލާފައިވަނީ ހަމަ އެންމެ ކޮކާ ކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑް ފޮނުވާލައިގެންނެވެ.

"އެންމެ އެސްއެމްއެސްއެއް ކުރީ، ވަރަށް ބޮޑަށް ތެންކިއު މި ފުރުސަތު ކޮކާ ކޯލާއިން ދިނީމަ، ފުރަތަމަ ހީކުރީވެސް ޕްރޭންކެއް ކަމަށް، ކޮކާ ކޯލާ ފުޅި ގަންދިން މީހާ އެކުގައި ގެންދާނީ،" ރަޝާ ބުންޏެވެ.

"ކޮކާ ކޯލާއިން މިކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާތީ ވަރަށް އުފާވޭ، ރަނގަޅު ކަމެއް، ކުރިއަށް އޮތްތާ ވެސް މިކަހަލަ ޕްރޮމޯޝަންތައް ކާމިޔާބުކުރާނެ ކަމަށް އުއްމީދުކުރަން،" ފްރާންސް ޓިކެޓް ހާސިލުކުރި ނައީމް ބުންޏެވެ.

ކޮކާ ކޯލާގެ ޖެނެރަލް މެނޭޖާ މިލިންޑް ދެނެސާރީ ވިދާޅުވީ، ކުރިން އޮތީ ތިން ދުވަހުގެ ޓްރިޕެެއް ގޮތަށް ކަމަށާއި ނަމަވެސް ނަސީބުވެރިން ހަތަރު ދުވަހު ޕެރިހުގައި މަޑުކުރާނެ ކަމަށެވެ. މި ދަތުރަކީ މިނީ ވެކޭޝަން ޓްރިޕެެއް ކަމަށާއި މެޗްގެ އިތުރަށް އެހެން ތަންތަން ބަލާލަން ދިޔުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އެގޮތުން އައިފެލް ޓަވާ އާއި ފްރާންސްގެ އެހެން ވެސް އާސާރީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕެރިސް ޓިކެޓެއް ނޫނެވެ. ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ދުވަހަކު 32 އިންޗީގެ އެލްއީޑީ ޓީވީއެއް ހަދިޔާކުރެ އެވެ. މި ޓީވީތައް ލިބުނު ފަރާތްތަކަށް ޓީވީތައް މިހާރު ވަނީ ހަދިޔާކޮށްފަ އެވެ. އަދިވެސް 24 ޓީވީ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ހަމައެހެންމެ ތިން ޕެރިސް ޓިކެޓް ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ "ވޮޗް ޔޫއެފާ ޔޫރޯ 2016 ލައިވް" ފުޅީގެ މަތިގަނޑު ދަށުގައި އިންނަ ހަ ޑިޖިޓްގެ ކޯޑު 2626 ފޮނުވުމެވެ. މި ޕްރޮމޯޝަން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

ކޮކާ ކޯލާއިން ބުނީ، ޕްރޮމޯޝަނުގައި ބައިވެރިވުމަށް ނުވަތަ އިނާމާ ހަވާލުވުމަށް އެއްވެސް ރީލޯޑެއް ނޫނީ ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.