ރައީސް މައުމޫން އަބްދުލްގައްޔޫމް

ރޯޔަލް އިންސްޓިޓިއުގެ އެންމެ މަތީ ޝަރަފު މައުމޫނަށް

May 7, 2016
1

ސިންގަޕޫރުގެ "ރޯޔަލް އިންސްޓިޓިއުޝަން" އިން ދޭ އެންމެ މަތީ ޝަރަފު، އޮނަރަރީ ފެލޯގެ މަގާމު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް މިއަދު އަރުވައިފި އެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވީ ހޮޓެލް ޖެންގައި ބޭއްވި އެ އިންސްޓިޓިއުޝަނުގެ ގްލޯބަލް ކޮންފަރެންސްގަ އެވެ.

މައުމޫނަށް މި ޝަރަފު އެރުވީ ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މިއީ ދެކުނު އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ ފަރާތަކަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. އެ އިންސްޓިޓިއުޓަކީ ދުނިޔޭގައި ތަފާތު އެކި ރޮނގުތަކުގެ އިލްމީ ގާބިލު ހުނަރުވެރި އަދި ފަންނުވެރި ބޭފުޅުންގެ ޚިދުމަތްކަށް ބަލާލައި އަގުވަޒަންކުރާ އިންސްޓިޓިއުޓެކެވެ.

ރޯޔަލް އިންސްޓިޓިއުޓް އުފެދުނީ 1968 ގައެވެ.