ހުޅުމާލެ

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

May 7, 2016

ހުޅުމާލޭގެ ފްލެޓެއް ބަލައި ފާސްކޮށް ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ އިރުއޮއްސުނު ވަގުތު ހިންގި އޮޕަރޭޝަނުގައި އޭނާ އުޅެމުންދާ ފްލެޓުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލައި ފާސްކުރިއިރު އެފްލެޓް ތެރެއިން ދެ ފުޅި ބަނގުރަލާއި ބަނގުރާ ހުސްކޮށްފައިވާ ފުޅިއެއް ފެނިފައިވެއެވެ.