މޯލްޑިވްސް ޕޮލިސް ސާވިސް

ބަލައި ފާސް ކުރި ވޭނަކުން ބަނގުރާ ފުޅިތަކެއް ފެނިއްޖެ

މާލޭގައި ފުލުހުން ހިންގި ޑްރިލްއެއްގެ ތެރެއިން. -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލޭ މަގުމަތިން ވޭނެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ ވޭނަކާއި މެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލައި ފާސް ކުރުމުގެ ތެރޭގައި ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ގިނަ އަދަދެއްގެ ކެނެބިސް ވެސް އަތުލައިގަނެފަ އެވެ. މިގޮތުން މާލެއާއި ހުޅުމާލެއިން ޖުމުލަ ފަސްތަނެއް ބަލައި ފާސްކޮށް 11 ކިލޯގެ ކެނެބިސް އަތުލައިގަނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910