ރައީސް އަބްދުﷲ ޔާމީން

ރައީސް ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތައް ވޯލްޑް ބޭންކާ ހިއްސާކޮށްފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެންނަން ބޭނުންވެ ވަޑައިގަންނަވާ ބަދަލުތައް ވޯލްޑު ބެންކާ ހިއްސާ ކުރައްވައިފި އެވެ. ރައީސް ޔާމީން މި ބަދަލުތައް ހިއްސާ ކުރެއްވީ، މިއަދު ރައީސް އޮފީހުގައި ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް މިސް އެނެޓް ޑިކްސަންއާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ވޯލްޑް ބޭންކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާ މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

އަދި ކުނި މެނޭޖުކުރުމަށް އިންސިނަރޭޓާ ސިސްޓަމް ބެހެއްޓުމާ މަސްވެރިކަމުގެ ދާއިރާއިން ވޯލްޑް ބޭންކުގެ އެހީގަ ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.