ރަޝިޔާ

އެންމެ މަގުބޫލު 20 މީހުންގެ ލިސްޓަށް އެންޖެލީނާ އާއި ޕުޓިން

ދުނިޔޭގެ އެންމެ މަގުބޫލު 20 މީހުންގެ ލިސްޓުގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީ އެންޖެލީނާ ޖޯލީ އަދި ރަޝިއާގެ ރައީސް ލަޑީމިއާ ފުޓިންގެ ނަން ހިމަނައިފި އެވެ.

މި ލިސްޓަށް އެންޖެލީނާގެ ނަން އިތުރުވީ އިނގިރޭސި ރާނީ ކުއީން އެލިޒަބެތު އަދި އެމެރިކާގެ ރިޔާސީ ރޭޙަށް ނުކުންނަން ޑިމޮކްރެޓިކް ޕާޓީގައި ބޮޑު އަގުލަބިއްޔަތެއް ހޯއްދަވަމުން އަންނަ ހިލަރީ ކްލިންޓަންގެ ވޯޓުންނެވެ. އަދި ޕުޓިންގެ ނަން އެ ލިސްޓުގައި ހިމެނުނީ ޕޮޕް ފްރެންސިސް އަދި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްގެ ވޯޓުން ކަމަށް ޔޫގޮވް ޕޯލުގެ ނަތީޖާ ދައްކަ އެވެ.

ޕުޓިން އަށް ލިސްޓުގެ ހަވަނަ ލިބުނުއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބިލިއަނަރު ބިލް ގޭޓްސް އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު އަންހެނުންގެ ލިސްޓުގެ ތިން ވަނައިގައި ވަނީ ހިލަރީ ކްލިންޓަން އެވެ. މިއީ ކްލިންޓަން އަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ލިސްޓުގައި ދެން ހިމެނެނީ ސެލީން ޑިއޯން، އޮޕްރާ ވިންފްރޭ، މިޝެލް އޮބާމާ އަދި ސެންޑްރާ ބްލޮކް އެވެ.

ފިރިހެނުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޖެކީ ޗަން، ސްޓެފެން ހޯކިން، ދަލައި ލާާމާ އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.