ރައީސް އަބްދުﷲ ޔާމީން

ރައީސް ލ. އަތޮޅުގެ ބައެއް ރަށްރަށަށް ފުރާވަޑައިގެންފި

May 9, 2016
3
  • އެއާޕޯޓް، ކައްދޫ މިލިޓަރީ އެއާޕޯޓަށް ބަދަލު ކުރާނެ
  • ގަމުގެ ނަރުދަމާ ގެ ނިންމުމުގެ ހަފުލާގައި ބައިވެރިވާނެ
  • ގާދޫ މީހުން ފޮނަދޫއަށް ބަދަލުވުން ނިންމުމުގައި ބައިވެރިވާނެ

ލ. އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އެއާޕޯޓް އޮންނަ ކައްދޫއަށް ވަޑައިގެން، އެ ރަށު އެއާޕޯޓް، ކައްދޫ މިލިޓަރީ އެއަރޕޯޓުގެ ނަމަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއަށް ފަހު އެ އަތޮޅު މާވަށުގެ މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައާ އެ އަތޮޅު ގަމުގެ ނަރުދަމާގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ، ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤު އިބްރާހީމާއި، މިނިސްޓާ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. މުޙައްމަދު މުޢިއްޒާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދާއި، މިނިސްޓާ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަ އެވެ.