ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާއަށް 17،220 ރުފިޔާ ހަދިޔާކޮށްފި

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއެކު ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ބައިވެރިވެވަޑައިގެންނެވި މިޒިޔާރަތުގައި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ހާލު ބައްލަވާލައްވާފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ޕީޖީ އޮފީހުގެ މުވައްޒަފުންގެ ފަރާތުންދޭ ހަދިޔާއެއްވެސް ހަވާލުކޮށްފައިވެއެވެ. އެ އޮފީހުގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ހިޔާއަށް 17،220 ރުފިޔާ ހަދިޔާކޮށްފަ އެވެ.