ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހަށް ފަންނީ އެހީތެރިކަން ހޯދުމަށް ދެކުނު ކޮރެޔާއާ މަޝްވަރާކޮށްފި

ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ޗަންގް ވޮންސަމް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކުރެއްވި މިޒިޔާރަތުގައި، ދެކުނު ކޮރެއާގެ ރައްޔިތަކާގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާގުޅޭ މައުލޫމާތު ބަދަލުކޮށްފައިވެ އެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި ދެކުނު ކޮރެއާގެ އެހީތެރިކަން ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.