ވިޔަފާރި

އިންޑިޔާގައި ރާއްޖޭގެ އިޝްތިހާރު ކުރަން ހާއްސަ ހަރަކާތްތަކެއް

May 12, 2016

އިންޑިޔާގައި ހަތަރު ސިޓީއެއްގައި ރާއްޖޭގެ އިޝްތިހާރު ކުރަން ހާއްސަ ހަރަކާތްތަކެއް ހިންގަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ތައްޔާރު ވެއްޖެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ އެ ގައުމުގެ ހަތަރު ސިޓީއެއްގައި ރޯޑް ޝޯތަކެއް ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން މި ހަރަކާތް އިންޑިޔާގެ ޗަންދިގަޅް ސިޓީ އާއި ލެކްނޯ އަދި ޕޫނާގެ އިތުރުން ހައިދަރްއާބާދުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވާނެ އެވެ. އެގޮތުން ރާއްޖޭން ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ރިސޯޓު ހިންގާ ދުސިތާނީ ކުންފުންޏާއި ސަން ސިޔާމް ރިސޯޓުގެ އިތުރުން އަދާރަން ރިސޯޓާއި ލިލީ ބީޗް ރިސޯޓު އެންޑް ސްޕާ ހިމެނެ އެވެ.

ރާއްޖޭގެ މިދިޔަ އަހަރުވެސް އިންޑިޔާގެ މުހިންމު ސިޓީތަކުގައި ރޯޑްޝޯވްތައް ބާއްވާފައިވެ އެވެ.