ވިޔަފާރި

އިންޑިއާގެ ބިއުޓީ ފެއާއެއްގައި ރާއްޖެ އިސްތިހާރުކޮށްފި

އިންޑިއާގެ ބިއުޓީ ކުންފުނި ތަކުގެ ފެއާއެއްގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ އެވެ.

އައުޓްބައުންޓް ޓްރެވަލް ޝޯ (އޯޓީއާރު) ގެ ނަމުގައި އިންޑިއާގައި ކުރިއަށް ގެންދިޔަ މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ކުންފުނި ތަކުން ބައިވެރިވެފައިވާ ވެއެވެ. އެއީ ކިތަަށް ކުންފުނި ކަމެއް ނުބުނެ އެވެ.

އެއް ދުވަހުގެ ފެއާގައި އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގެ ކުންފުނިތަކުން ވެސް ބައިވެރިވެފައިވެ އެވެ. ފެއާގައި އިންޑިއާގެ ޓްރެވަލް ޓްރޭޑް ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

ރާއްޖެ މާކެޓު ކުރަން އެކަށީގެންވާ ބޮޑު މަސައްކަތްތަކެއް ނުކުރާ ކަމުގެ ފާޑުކިއުން އަމާޒުވެފައިވާ އެމްއެމްޕީއާރުސީން އިންޑިއާގައި މާކެޓިން ހަރަކާތްތަކެއް މިހާރު ހިންގަ އެވެ.

ރާއްޖޭގެ ތާރީހުގައި މާކެޓިންއަށް މިހާތަނަށް އެންމެ ބޮޑު ޓޫރިޒަމް ބަޓެއް ހަމަޖައްސާ ދީފައިވަނީ މި އަހަރު އެވެ. މި އަހަރު ޓޫރިޒަމް މާކެޓިން ބަޖެޓުގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ދީފައިވެ އެވެ.