އެމްއެމްޕީއާރްސީ

އިންޑިއާގައި އިޝްތިހާރު ކުރުން ވަރުގަދަ ކުރަނީ

Jul 12, 2022

އިންޑިއާގައި އޮތް ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި އިޝްތިހާރު ކުރުން ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިންޑިއާގައި އޮތް ރާއްޖޭގެ މޮމެންޓަމް ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އިންޑިއާ މާކެޓުގެ ކުރިއެރުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން މި އަހަރު ވެސް ވަނީ ގިނަ ފެއާތަކެއްގައި ބައިވެރިވެފަ އެވެ. އެގޮތުން އޯޓީއެމް އާއި ސާޓޭ ފެއާ ފަދަ ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ އިންޑިއާއަކީ 2020 ގައި 62،960 ޓޫރިސްޓުން ނުވަތަ 11.3 ޕަސެންޓުގެ ހިއްސާއާއެކު ކުރިއެރުން ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުވެސް ރަނގަޅު ޓޫރިސްޓު ނަމްބަރެއް އެ ގައުމުން އައިސްފައިވެ އެވެ. އެ ގޮތުން އިންޑިއާއިން 278،740 ޓޫރިސްޓުން އައިސް 22 ޕަސެންޓުގެ ހިއްސާއެއް ކޮށްފައިވެ އެެވެ. އަދި މި އަހަރުގެ ޖޫންގެ ނިޔަލަށް 22.6 ޕަސެންޓުގެ ހިއްސާއާއެކު 119،967 ޓޫރިސްޓުން ވަނީ އިންޑިއާ އިން އައިސްފަ އެވެ.