އެމްއެމްޕީއާރްސީ

ރާއްޖެ އިސްތިހާރު ކުރަން އިންޑިޔާގައި ކެމްޕޭނެއް

Apr 15, 2021
1

ވިޒިޓް މޯލްޑިވްސް އާއި އިންޑިއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

"އެމެޒަން އިންޑިއާ" އާއެކީ ވިޒިޓް މޯލްޑިވްސް އިން ފެށި އެ މާކެޓިން ކެމްޕޭނަކީ އެއް މަސްދުވަހަށް އިންޑިއާގެ މާކެޓަށް ހާއްސަ ކުރާ ކެމްޕޭނެކެވެ. އެ ކެމްޕޭން ކުރިޔަށް ގެންދާނީ މި މަހު 14 އިން 13 ވަނަ ދުވަހަށެވެ.

ކެމްޕޭނުގައި ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރި ކުރުވާނެ އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖޭގެ ރީތި ކަމާއި ޗުއްޓީ ހޭދަ ކުރަން ރައްކާތެރި ގައުމެއްކަން ދައްކައިދޭނެ އެވެ.

އިންޑިޔާގެ އާބާދީން ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ހިދުމަތް ހޯދާ 77 ޕަސެންޓް މީހުން އެމެޒަން އިންޑިޔާގެ ހިދުމަތް ހޯދަ އެވެ. އޭގެ ތެރެއިން 65 ޕަސެންޓް މީހުން ފަތުރުވެރިކަމަށް ޝައުގުވެރި ވެއެވެ. އެހެންކަމުން، އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން މެދުވެރިކޮށް އިންޑިޔާގެ ބޮޑު އާބާދީ އަކަށް ރާއްޖެ އިސްތިހާރު ވެގެންދާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ވެސް އިންޑިއާ އިންނެވެ.