ހައިކޯޓް

ފަނޑިޔާރު ކަމުން އަޒްމިރަލްދާ އިސްތިއުފާ ދެއްވައިފި

May 12, 2016
12

ހައިކޯޓްގެ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. އެކަމަނާ ވަނީ އިސްތިފާ ދެއްވި ކަމުގެ ސިޓީ ޖޭއެސްސީގެ ރައީސަށް ހުށަޅުއްވާފައެވެ. އެކަމާ އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ވެސް ކަށަވަރުކޮށް ދިނެވެ.

އެކަމަނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އިރު ހުންނެވީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ބަދަލު ކުރައްވާފަ އެވެ. ނަމަވެސް އެ ނިންމެވުމާ އެކަމަނާ ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލުން އިސްތިއުފާ ދެއްވި އިރު އެކަމަނާ މީގެ ކުރިން ވަނީ ހައިކޯޓްގެ ދެކުނު ގޮތްޕަށް އެކަމަނާ ބަދަލު ކުރެއްވި މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ގެންގޮސްފައެވެ. ނަމަވެސް އެ މައްސަލަ ބަލާފައެއް ނުވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރަލްދާ އައްޔަން ކުރެއްވީ 2011 ވަނަ އަހަރު އެވެ. ދެކުނު ބްރާންޗުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މި އަހަރު އެވެ.

އަޒްމިރާލްދާގެ މައްސަލައަށް ފަހު އެކަމަނާ ބައްޕާފުޅުވެސް ވަނީ އެ މައްސަލައަށް ރައްދުވާ ގޮތަށް ފާޑުވިދާޅުވެފައެވެ.