މިސްކިތް

ހުޅުމާލޭ މިސްކިތު ގުއްބުން ފެންފޭބުން ހައްލުކޮށްފި

ހުޅުމާލޭގެ މަސްޖިދުލް އަލް ޝެއިހް ގާސިމް ބިން އަލްތާނީ މިސްކިތު ގުއްބުން ފެން ލީކުވުމުގެ މައްސަލަ ހައްލުކޮށްފި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ވާރޭވެހުމުން ހުޅުމާލޭގައި ހުރި އެންމެ ބޮޑު މިސްކިތުގެ ގުއްބުން ފެންފައިބާތީ، މިހާތަނަށް މީހުން ނަމާދު ކުރަމުން އައީ ބާލިދީ ބަހައްޓައިގެނެވެ. އަދި އެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ނަމަވެސް އެޗްޑީސީ އިން މިއަދު ބުނީ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މަސްޖިދުލް އަލް ޝެއިހް ގާސިމް ބިން އަލްތާނީ މިސްކިތުގެ ގުއްބުން ފެންފައިބާ ތަންތަން ޕެކިން އަޅައި ބަނދުކޮށް، އެ ފެންީކުވުމުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.