ރާއްޖެ ކުޅިވަރު

ކަރުދާސް ރޮކެޓެއް އެއްލައިގެން އޮސްޓްރިއާ އަށް ދިއުމުގެ ފުރުސަތު !

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ ރެޑްބުލް ޕޭޕާ ވިންގްސްގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރެއް ރާއްޖޭގައި ބޭއްވުމަށް ރެޑްބުލް އިން ހަމަޖައްސައިފި އެވެ.

ޕޭޕާ ޕްލޭންސް ނުވަތަ ދިވެހިންގެ މެދުގައި ކިޔާގޮތުންނަމަ ކަރުދާސް ރޮކެޓުގެ ހުނަރުތައް ދައްކާލާ މުބާރާތުގެ ކޮލިފައިން ބުރެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 27 އިން 28 އަށެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ އެއިރޯނޯޓިކަލް ތަޖުރިބާކާރުންނެވެ.  

މޭ މަހު އޮސްޓްރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް 80 ގައުމެއްގައި ކޮލިފައިން ބުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.  

މި މުބާރާތުގެ ކޮލިފައިން ބުރުގައި 2012 ވަނަ އަހަރު 83 ގައުމަކުން 37000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މި މުބާރާތުގައި މި އަހަރު ބައިވެރިވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރެޑްބުލް ޕޭޕާ ވިންގްސް ރާއްޖޭގެ ކޮލިފައިން ބުރުގައި ބައިވެރިވުމަށް: