ހަބަރު

މީހެއްގެ ގަޔަށް ވަޅި ހަރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ގަޔަށް ވަޅި ހަރައި، މަރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 5:40 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގައި މާރާމާރީ ހިންގަން އުޅުނު މީހެއް މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެސްއޯ ފުލުހުންނެވެ. މި މީހާ ހައްޔަރުކުރީ، ލަކީހިޔާ ހޮޓަލްގެ ތެރެއިންނެވެ.

މީހެއްގެ ގަޔަށް ވަޅި ހަރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާއިރު، ރޭ ވެސް މާލޭގައި ވަނީ މާރާމާރީތަކެއް ހިންގާފަ އެވެ. އެގޮތުން އެއް މާރާމާރީގައި އެކަކަށް އަނިޔާވެފައިވާއިރު ދެވަނަ މާރާމާރީގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.