އަލިފުށި

އަލިފުށިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ރ. އަލިފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ ރ. އަލިފުށި، ހުސްނޫވިލާ، ފަރުހާދު މުހައްމަދު (37އ) އެވެ.

ފުލުހުން ބުނީ، ފަރުހާދު މުހައްމަދު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާއެކު އާންމު ރައްޔިތުންނާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު 14:20 ހާއިރު ފަރުހާދު ފެނިފައިވަނީ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވަ ކަމަށެވެ.

އެމީހާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ އާންމުންގެ ބަޔަކަށެވެ.

ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.