މޯލްޑިވްސް ޕޮލިސް ސާވިސް

ފީނަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރ. އަލިފުށި ކައިރީގައި ފީނަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ މިއަދު ފެނުނީ އަލިފުށި، ކަޝްމީރުގެ، ނަބީހު ހަސަން (24 އ) އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 10:00 ހާއިރު ކަނޑަށް ފީނަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދަނިކޮށެެވެ.

އޭނާ ކަނޑުން ނެގީ ޑައިވް ކުރަމުން ދިޔަ އެހެން ޓީމަކުން ކަމަށްވެސް އެނގިފައިވެ އެވެ.

ނަބީހްއާ އެކު އިތުރު ދެ މީހަކުވެސް ފީނަން ފޭބި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.