އަލިފުށި

ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Apr 20, 2019

ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށީ ގެއަކުން 19،000 ރ. އާއި އެޕަލް ވޮޗެއް ވަގަށް ނެގި މީހެކެވެ.

ފުލުހުން ބުނީ އަލީފުށީ އެ ގެއިން ވައްކަން ކުރުމުން ތުހުމަތުވި މީހާ، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު އެ މީހާ ފައިބަރު މަސައްކަތް ކުރާ ތަނުގެ ތެރޭގައި ގަޑި އާއި ފައިސާގެ ތެރެއިން 13،500 ރ. ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

ވައްކަމުގެ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.