ހަބަރު

އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި

Jul 2, 2020
1

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެކެވެ.

މި މައްސަލަ ރިޕޯޓް ކުރުމާއެކު ފުލުހުން ވަނީ އެ އަންހެން މީހާ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފަ ކަމަށެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުންޏެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅި ސަބަބެއް ސާފެއް ނުވެ އެވެ. އަންހެނުންނަށް އެކި ކަހަލަ އަނިޔާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.