މޯލްޑިވްސް ޕޮލިސް ސާވިސް

ހުއްދަ ނުހޯދާ އަލިފުއްޓަށްދިޔަ ދެ މީހަކު ހައްޔަރުކޮށްފި

Aug 17, 2020

ލޮކްޑައުންގެ ހާލަތުގައި މާލެއިން ރަށްރަށަށް ދަތުރު ކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލާއި ހިލާފަށް އަލިފުށްޓަށް ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރަސްމީ އެއްވެސް އިދާރާއެއްގެ ހުއްދަނެތި އަލިފުށްޓަށް ދިޔަ ދެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން މާލޭން ފުރައިގެންގޮސް ފުރަތަމަ ތިބީ ހަދަމުންދާ ރިސޯޓެއްގައި ކަމަށާ އޭގެ ފަހުން މިއޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި އެމީހުން އަލިފުއްޓަށް ގޮސްފައިވާ ކަމަށެވެ. އެއީ އުމުރުން 47 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެެކެވެ. އެ މީހުން އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އަދި އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެ އުސޫލާއި ހިލާފު ވެގެން މީގެ ކުރިންވެސް ބައެއް މީހުން ހައްޔަރު ކޮށްފައި ވެއެވެ.