މޯލްޑިވްސް ޕޮލިސް ސާވިސް

ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ބަލަނީ

Feb 27, 2022
1

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހި ކަމަށް ދައްކަން ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހަަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް ކޮށް ބަލަމުންދާ ކަމަށެވެ.

ފޭކު ވެކްސިން ކާޑު ވިއްކާ ވާހަކަ އާންމުންގެ ތެރޭގައި ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް އެޗްޕީއޭއިން ކުރީން ވަނީ ބުނެފައެވެ.

ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ބަލަން ފަށާފައިވާއިރު ސާމްޕަލް ނުގަނާ ޕީސީއާރު ހެދި ކަމަށް ދައްކާ ނަތީޖާ ދޫކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.