ހަބަރު

މެލޭޝިއާގެ ކޮމިޝަނާ އޮފް ޕްރިޒަން އުމަރު ނަސީރާ ބައްދަލުކޮށްފި

މެލޭޝިޔާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް މިއަދު މިނިސްޓަރު އޮފް ހޯމް އެފެއާޒް އުމަރު ނަސީރާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޖަލު ބެލެހެއްޓުމުގެ ނިޒާމް ކުރިއަށްގެންދާ ގޮތާއި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި ދެ ގައުމުން ވެސް ކަންތައްތަކަށް އެއްބާރުން ދިނުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ރާއްޖެ ވަޑައިގެން އުޅުއްވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ. މެލޭޝިޔާ ޕްރިޒަން ޑިޕާޓްމަންޓްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދޭތެރޭ ގާތްގުޅުމެއް ބާއްވާ އަދި މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.