ޕްރޮމޯޝަން

ބޮޑެތި އިނާމްތަކާއެކު ރީފްސައިޑްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

"ރީފްސައިޑް ރޯދަ ފިއެސްޓާ 2016"ގެ ނަމުގައި ރީފްސައިޑުން ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ. މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ފަރީދީމަގުގައި ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސްގައި ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އެތަނުން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ވެސް މި ބޮޑު ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. ލަކީޑްރޯއިން ތިން ނަސީބުވެރިޔަކު ހޮވަން ވަނީ ނިންމާފަ އެވެ.

އިނާމްތައް:

  • ވާޕޫލް ބްރޭންޑުގެ ރެފްރިޖިރޭޓަރެއް
  • އެލްޖީ ވޮޝާ ޑްރަޔާ ފްރަންޓް ލޯޑިން އޮޓަމެޓިކް ވޮޝިން މެޝިނިނެއް
  • ސޮނީ ޕްލޭ ސްޓޭޝަން 4، ގޭމް އަދި ޖޮއިސްޓިކްއާއެކު

މި ޕްރޮމޯޝަނުގެ ދަށުން ރީފްސައިޑް އިލެކްޓްރޯނިކްސްގައި ވިއްކާ ސާމާނުން ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާއިރު ގަންނަ ކޮންމެ ވާޕޫލް ބްރޭންޑުގެ ރެފްރިޖިރޭޓަރަކަށް ޓޯސްޓަރެއް ހިލޭ ދިނުމަށް ވެސް އެ ފިހާރައިން ވަނީ ނިންމާފަ އެވެ.

ރީފްސައިޑުން ވިއްކާ ވާޕޫލް ބްރޭންޑުގެ ރެފްރިޖިރޭޓަރަކީ، ފްރެޝް ކޮންޓްރޯލް ނަމަކަށްކިޔާ ހާއްސަ ޓެކްނޮލޮޖީއެއް ހިމަނާފައިވާ ފްރިޖިރޭޓަރެކެވެ. މި ޓެކްނޮލޮޖީއަކީ ފްރިޖިރޭޓަރަށް ލާ ތަކެތި ތާޒާކޮށް ބެހެއްޓުމަށް އެހީވެދޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން މޭވާ އާއި ތަރުކާރީފަދަ ތަކެތި ހަފުތާއެއްގެ މުއްދަތަށް ތާޒާކަން މަތީ މި ފްރިޖިރޭޓަރުގައި ހުންނާނެ އެވެ.

ފްރިޖިރޭޓަރުގެ ތެރޭގައި ބެކްޓީރިއާ ފަދަ ތަކެތި އުފެއްދުން ހުއްޓުމަށް ވެސް ހާއްސަ ފީޗާއެއް މި ފްރިޖިރޭޓަރުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މި ފީޗާގެ ދަށުން ފްރިޖިރޭޓަރުގައި އުފެދޭ އައިސްތައް ކަނޑުވައިދޭނެ އެވެ.