ވިޔަފާރި

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާއަކަށް މުނީޒާ

May 17, 2016
3

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް) ގެ ޗެއާޕާސަން ކަމަށް ޑރ. އައިޝަތު މުނީޒާ ހަމަޖައްސައިފި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުނީޒާ މިހާރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މުނީޒާ އަކީ ކެޕިޓަލް މާކެޓް ޝަރިއާ އެޑްވަޒަރީ ކައުންސިލްގެ ޗެއާޕާސަން އެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ.