ވިޔަފާރި

އެމްއައިބީގެ ވިޔަފާރީގެ ކުރިއެރުން އަހަރު 35 ޕަސެންޓުގައި

Mar 27, 2019
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކުރިއެރުން ރަނގަޅު ކަމަށާ، ވިޔަފާރީގެ ކުރިއެރުން ހުރީ އަހަރަކު 35 ޕަސެންޓުގައި ކަމަށް ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާސް (އައިސީޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަމީން ސިޖްނީގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޗެއާމަން ނަޖުމުލް ވިދާޅުވީ އިސްލާމިކް ބޭންކް ރާއްޖޭގައި ފެށިއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"ދެހާސް ބާރަވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް ފެށިއިރު، ވަރަށް ދަތިކޮށް ކަންކަން ހުރީ. ކުޑަ ރައުސުލްމާލަކުން ފެށީ. އޭރު ރާއްޖޭގައި މި ދާއިރާ [އިސްލާމިކް ފައިނޭންސް] ގެ މީހުންވެސް މަދު. ނަމަވެސް މިހާރު އިސްލާމިކް ބޭންކް ހުރި ހިސާބަށް ހަތް އަހަރު ތެރޭގައި މިއައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު. މާތްﷲ ގެ ވާގިފުޅާއެކު. އިސްލާމިކް ބޭންކް މިހިސާބަށް އައުމުގައި ދިވެހި ސަރުކާރާއި އިސްލާމިކް ބޭންކުގެ ޓީމުގެ މަސައްކަތް ފާހަގަ ކުރަން،" ނަޖުމުލް ވިދާޅުވި އެވެ.

ކުޑަ ރައުސުލްމާލަކުން ފެށީ. އޭރު ރާއްޖޭގައި މި ދާއިރާ [އިސްލާމިކް ފައިނޭންސް] ގެ މީހުންވެސް މަދު. ނަމަވެސް މިހާރު އިސްލާމިކް ބޭންކް ހުރި ހިސާބަށް ހަތް އަހަރު ތެރޭގައި މިއައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު. މާތްﷲ ގެ ވާގިފުޅާއެކު. އިސްލާމިކް ބޭންކް މިހިސާބަށް އައުމުގައި ދިވެހި ސަރުކާރާއި އިސްލާމިކް ބޭންކުގެ ޓީމުގެ މަސައްކަތް ފާހަގަ ކުރަން
ނަޖުމުލް ހަސަން | އެމްއައިބީ ޗެއާމަން

އެމްއައިބީގެ ބޯޑް މެންބަރު އަތާއުއް ރަހްމާން ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ބޭންކުގެ ކުރިއަރަކުން އަންނަނީ ހަލުވިމިނެއްގައި ކަމަށެވެ. އަދި އިސްލާމިކް ބޭންކް ކުރިއަރަމުން މި އަންނަނީ ކުންފުނީގައި ތިބި 80000 އަށްވުރެ ގިނަ ކަސްޓަމަރުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ހަފުލާގައި ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރަން ތައްޔާރު ވަމުގެ ގޮތުން އިސްލާމިކް ބޭންކުގެ ހިއްސާދާރުގެ މެދުގައި ސޮއިކުރުން ވެސް އޮވެ އެވެ. އެމްއައިބީއަކީ ދިވެހި ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އާއި އައިސީޑީގެ 70 ޕަސެންޓް އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އަދި އައިސީޑީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަމީންސިޖްނީ އެވެ. އަދި އެމްއައިބީގެ ފަރާތުން ޗެއާމަން ނަޖުމުލް ހަސަން އާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު އަދި ބޯޑް މެންބަރު އަތާއުއް ރަހްމާން ސޮއިކުރެއްވި އެވެ. އަދި އަމާނާ ތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ހަރީޒް ސުލައިމާން އެވެ.

ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވިދާޅުވީ އިސްލާމިކް ބޭންކް ތަރައްގީވުމުގައި އައިސީޑީގެ ދައުރު ބޮޑު ކަމަށާ، ދާދިފަހުން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކް ތަރައްގީ ކުރުމުގައި އައިސީޑީ އިން މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި ހަފުލާގައި އިސްލާމިކް ބޭންކުގެ މައި ހިއްސާދާރު ކަމަށްވާ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓްސެކްޓާސް (އައިސީޑީ) ގެ ޗެއާމަން އަމީން ސިޖްނީ ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކަން ފަށަން ހިއްސާގެ ބާޒާރުގައި ލިސްޓު ކުރަން ތައްޔާރުވުމަކީ އެ ކުންފުނިން އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމިކް ބޭންކްއަކީ އެންމެ އަންހެން މުވައްޒަފުން ގިނަ އިސްލާމިކް ބޭންކް ކަމަށް އޭނާ ވިދާޅުވި އެވެ.