އަމާނާ ތަކާފުލް

އެމްއައިބީ ކަސްޓަމަރުންނަށް ހާއްސަ ތަކަފުލް ޕެކޭޖެއް

Feb 1, 2022
1
އެމްއައިބީ އާއި އަމާނާ ތަކަފުލް އިސް ބޭފުޅުން ކަމާ ގުޅޭ އެއްބަސްވުން ބަދަލުކުރަނީ
0%
0%
0%

ރާއްޖޭގައި ހަމައެކަނި ފުލް-ފުލެޖުޑް ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގުޅިގެން އެމްއައިބީ އެކައުންޓު ގެންގުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން "ފެމިލީ ސަޕޯޓް ކަވާ"ގެ ނަމުގައި ތަކާފުލް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

އަމާނާ ތަކަފުލް އިން ބުނީ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމާ ޕޯޓަލް އިން މިޕޮލިސީ ލިބޭނެ ކަމަށެވެ.

ފެމިލީ ސަޕޯޓް ކަވަރަކީ އާންމު ދިރިއުޅުމަށް ބޭނުންތެރި ޕެކޭޖެކެވެ. މި ޕެކޭޖު ނަގާފައިވާ ފަރާތެއް އެކްސިޑެންޓެއްގެ ސަބަބުން މަރުވެއްޖެ ހާލަތެއްގައި އެ މީހކު ކަނޑައަޅާފައިވާ ފަރާތަކަށް (ބެނިފިޝިއަރީ) އެއްލައްކަ ރުފިޔާ ލިބިގެން ދާނެ އެވެ. އަދި އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ނުކުޅެދުންތެރިކަމަށް ކަނޑައެޅިފާ އުސޫލުގެ ދަށުން ބަދަލުވެސް ލިބިގެން ދާނެ އެވެ.

މީގެ އިތުރުން އެކްސިޑެންޓެއްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތި ކުރަން ޖެހިއްޖެ ހާލަތެއްގައި ސްކޫލް ފީ އަދި ގޭގެ ބިލްތައް ހަމަސް ދުވަހާއި ހަމައަށް ކަނޑައެޅިފައިވާ އަދަދުގެ ތެރެއިން މިޕެކޭޖުގެ ދަށުން ކަވަރުކޮށްދޭނެ އެވެ.

ފެމިލީ ސަޕޯޓް ކަވަރުގައި، އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތުގައި ގެއިން ނިކުންނަން ޖެހިއްޖެނަމަ ކުއްޔަށް އުޅޭ ފަރާތް ނުވަތަ ގޭގެ ވެރިފަރާތް ނަމަވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ބަދަލުދޭނެ އެވެ. ޑެންގޫ، ޗިކަންގުންޔާ އަދި ހައްޖު / އުމްރާގައި ދިމާވާ ބަލިމަޑުކަމުގެ ހާލަތުގައި ހޮސްޕިޓަލްގައި އެނދުމަތިވާން ޖެހިއްޖެނަމަ އެ ހަރަދުތައް ވެސް މި ޕެކޭޖުގައި ކަވާ ކޮށްދެ އެވެ.

އެމްއައިބީގެ ކަސްޓަމާ ޕޯޓަލްގައި ތަކާފުލް ހިދުމަތް ދެވޭނެ ގޮތަށް ހުޅުވާލުމަކީ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އަމާނާ ތަކަފުލް އިން ބުނެ އެވެ. މި ޕޯޓަލްގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ބަންކާތަކާފުލްގެ ޚިދުމަތް ފަސޭހަކަމާއެކު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

އިސްލާމިކް ބޭންކު ކިޔަނީ. އެކަމު އިންޓެރެސްޓް އެންމެ ބޮޑީ މިމީހުންގެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345