އިސްލާމިކް ބޭންކް

އެމްއައިބީ އާއި އިހްސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ދޭ ޕްރޮމޯޝަނެއް ފަށަނީ

0%
0%
0%

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އިހްސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.

ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިހްސާން ފިހާރައިގެ ހަތަރު އައުޓްލެޓުން 200 ރުފިޔާގެ ވިޔަފާރިކޮށްގެން ހާއްސަ ކޫޕަނެއް ފުރައިގެންނެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު އިހްސާން ކޮންމެ އައުޓްލެޓަކުން ހަތް ނަސީބުވެރިން -- ޖުމްލަ 28 ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ އެވެ.

މި ޕްރޮމޯޝަން އެއްކޮށް ނިމުމުން ހޮވާ ބޮޑު ލަކީޑްރޯގައި އެއްވަނަ އިނާމަކަށް ދިނުމަށް ނިންމާފައިވަނީ 75،000 ރުފިޔާ އެވެ. ދެވަނައަށް 50،000 ރުފިޔާ ދޭއިރު ތިންވަނައަށް ދެނީ 25،000 ރުފިޔާ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ ރޯދަ މަހުގެ ނިޔަލަށް ކަމަށް ވިޔަސް ލަކީޑްރޯގެ ބޮޑު އިނާމު ބޭނުންވާނަމަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިހްސާން ފިހާރައިން ވިޔަފާރިކުރަންޖެހެ އެވެ.

މިޕްރޮމޯޝަނާ ގުޅޭގޮތުން އެމްއައިބީގެ މީޑިއާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ކުރިއަށްދާ މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ ގިނަ ކަސްޓަމަރުންތަކަކަށް އިނާމު ލިބޭނެ ގޮތަށް ކަމަށެވެ.

އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345