އިސްލާމިކް ބޭންކް

އެމްއައިބީގެ ސާފު ފައިދާ 54 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކްގެ މައި އޮފީސް ބިލްޑިން -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ 54 އިންސައްތަ އިތުރުވެ، 82 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ބޭންކުން ނެރުނު ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން މިއީ އެ ބޭންކުގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާއަށް އެރި ފުރަތަމަ ފަހަރެވެ. މިއާއެކު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެސެޓް ވެލިއު 34 އިންސައްތަ އިތުރުވެފައިވެ އެވެ.

އެމްއައިބީގެ ފައިނޭންސިން ޕޯޓްފޯލިއޯއަށް ބަލާއިރު 45 އިންސައްތައިގެ ކުރިއެރުމަކާއެކު ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕޮސިޓްބޭސް 26 އިންސައްތަ އިތުރުވެ 8 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. ބޭންކުގެ އާމްދަނީވެސް 51 އިންސައްތަ އިން ވަނީ އިތުރުވެފަ އެވެ.

އެމްއައިބީގެ ސީއީއޯ އަހްމަދު ރިޒާ ވިދާޅުވި ގޮތުގައި މި އަހަރުގެ ހުރިހާ ކުއާޓަރެއްގައިވެސް ބޭންކަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

"އަޅުގަނޑުމެން ގެންނަމުންދާ ޒަމާނީ ބަދަލުތަކާއެކު، ބޭންކިން ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދަނީ މިކަމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށްވާތީ،" އޭނާ ވިދާޅުވި އެވެ.

މި ގޮތުން އެމްއައިބީން މިހާރު ވަނީ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭނެ ގޮތާއި، އުޖާލާ ފައިނޭންސިން އޮންލައިންކޮށް ކުރެވޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. އަދި ބްރާންޗްތައް އިތުރުކޮށް، ބޭންކުގެ ހިދުމަތްތައް ހޯދުމަށް ބޮޑެތި ލުއިފަސޭހަތަކެއްވެސް ވަނީ ގެނެސްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345