އިސްލާމިކް ބޭންކް

އެމްއައިބީގެ އޭޓީއެމްއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއައިބީގެ އޭޓީއެމް ހުޅުވަނީ -- ފޮޓޯ: އާބަންކޯ
0%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ފުރަތަމަ ފަހަރަށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އޭޓީއެމް ހުޅުވާފައިވަނީ ވިނަރެސް ޓަވަރުތަކުގެ ތެރެއިން 10 ވަނަ ޓަވަރު ގައެވެ.

އެމްއައިބީގެ މި އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބުނު ނަމަވެސް މިވަގުތު އަދި ލިބެނީ ފައިސާ ނެގުމުގެ ހިދުމަތް އެކަންޏެވެ. ކައިރި މުސްތަގުބަލެއްގައި ފައިސާ ޖަމާކުރެވޭނެ ގޮތް ހެދުމަށް އެމްއައިބީ އިން ވަނީ ނިންމާފަ އެވެ.

އެމްއައިބީގެ މި އޭޓީއެމްގެ އެންމެ ހާއްސަ ކަމަކީ އެހެން ބޭންކުތަކުގެ ކާޑުންވެސް އިތުރު ފީއަކާ ނުލައި ފައިސާ ނެގޭ ގޮތް ހަމަޖައްސާފައިވުމެވެ.

ހުޅުމާލޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެމްއައިބީ އިން މިހާރު ވަނީ އެ ބޭންކުގެ ބްރާންޗެއް ވެސް ހުޅުމާލޭގައި ހުޅުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345