ވިޔަފާރި

އެމްއައިބީގެ ތަކާފުލް ޕޮލިސީތައް އަމާނާތަކާފުލްއިން މާކެޓަށް ނެރެނީ

Nov 24, 2018
އަމާނާ ތަކާފުލް އާއި އެމްއައިބީއިން އެއްބަސްވުން ބަދަލު ކުރަނީ- ފޮޓޯ: އެމްއައިބީ
0%
0%
0%

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކުވުނު އެއްބަސްވުމުގެ ސަބަބުން ތަކާފުލް ޕޮލިސީތައް މާކެޓަށް ނެރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް އަމާނާތަކާފުލްއިން ބުނެފި އެވެ.

ރާއްޖޭގައި ހަމައެކަނި ފުލް-ފުލެޖުޑް ޝަރީއާ ހުއްދަކުރާ ފައިސާގެ ހިދުމަތްދޭ ދެ ކުންފުނީގެ މެދުގައި ފުރަތަމަ ފަހަރަށްވެވުނު މި އެއްބަސްވުމާ ބެހޭ ގޮތުން އަމާނާތަކާފުލް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު އެއް އަސާސް އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުން ކަމަށެވެ. އެގޮތުން ބަންކާ ތަކާފުލްގެ ދަށުން އަމާނާ ތަކާފުލްގެ ހުރިހާ ތަކާފުލް ހިދުމަތް ތަކެއް އެމްއައިބީ އިން ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންގެ ބޭނުންތަކަށް ތަކާފުލް ޕޮލިސީސް އުފައްދައި މާކެޓް އަށް ނެރުމުގެ ފުރުސަތު އަމާނާ ތަކާފުލްއަށް ލިބިގެންދާނެ ކަމަށެވެ. އަދި އުފެދުންތެރި ޕްރޮޑަކްޓްސް މާކެޓްއަށް ނެރުމުގެ ފުރުސަތު މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބިގެންދާނެ ކަމަށެވެ.

"ހަމަ އެއާއެކު ފާހަގަ ކޮށްލަން ޖެހޭކަމަކީ، މި ހިދުމަތްތަށް މިހާރު ވަނީ މާލްޑިވްސް އިސްލާމިކް ބޭންކްގެ ދެ ބްރާންޗް ކަމަށްވާ އައްޑޫ އަދި ފުވައްމުލަކު ބްރާންޗުގައި މި އަހަރުގެ އޮކްޓޯބަރު މަހު ފަށާފަ، އަދި އުއްމީދަކީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މި ހިދުމަތް ފުޅާ ކުރުން،" އަމާނާތަކާފުލްއިން ބުނެފައިވެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ހިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރު ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުންފުނި 2011 ވަނަ އަހަރު ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރި ފަހުން ހިދުމަތް ހޯއްދާ ފަރާތްތަކަށް 'ސާޕްލަސް' އަދި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ އަންނަ ކެނޑިނޭޅި ދެމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345