ސްރީލަންކާ

ވާރޭގައި ފެނާއި ކިސަޑު ހެދި ލަންކާއަށް ބޮޑެތި ގެއްލުން

May 18, 2016

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުތަކުގައި ފެންބޮޑުވެ ގެއްލުންތަކާ ކުރިމަތިވެ ބައެއް މީހުން މަރުވެއްޖެ އެވެ.

ގަދަ ވިއްސާރާގައި ކޮލޮމްބޯގެ ގިނަ ހިސާބުތަކުގައި ކިސަޑާއި ފެންގަނޑު ހެދި ބައެއް ސަރަހައްދުތަކަށް ކިސަޑު ހެދިފައިވާއިރު ވަރަށް ގިނަ ގިނަ ސަރަހައްދުތަކުގެ އާންމު ދިރިއުޅުމަށް ބުރޫއަރައި މަސައްކަތް ހުއްޓޭވަރަށް ވަނީ ފެން ބޮޑުވެފަ އެވެ.

ބައެއް ސަރަހައްދުތައް "ހުއްޓުމަކަށް" އައިސްފައިވާއިރު މީހުން ގެނބި ބައެއް ސަރަހައްދުތަކުން ވަނީ ބައެއް މީހުން މަރުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 26 މީހުން މިހާތަނަށް މަރުވެފައިވާއިރު އެފަދަ ނުރައްކަލާ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ކޭންޑީ އާއި ނޫރަލިއާގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ.

ސްރީލަންކާގެ މޫސުން ގޯސްވެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅައި މޫސުން ބޮޑަށް ގޯސްވެފައިވާ ސަރަހައްދުތަކަށް 300 އަށްވުރެ ރެސްކިއު ސިފައިން ފޮނުވާފައިވާއިރު ކިސަޑާއެކު ވަޅުލެވިފައިވާ މީހުންގެ ހަށިތައް ފެނިފައިވާތީ އިތުރު މީހުން ތިބިތޯ ވެސް ދަނީ ބަލަމުންނެވެ.