ދުނިޔެ

ވިއްސާރައިގައި ލަންކާއިން މަރުވި މީހުންގެ އަދަދު 10އަކަށް އަރައިފި

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 އަކަށް އަރައިފިއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 10 މީހުން މަރުވުމުގެ އިތުރުން 27000 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރް (ޑީއެމްސީ) އިން ބުނީ މިއަދު ހެނދުނާ ހަމައަށް 84943 މީހަކަށް ވިއްސާރައިގެ އަަސަރުކޮށްފަައިވާ ކަމަށާއި ހާލުގައި ޖެހޭ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހައިތަނަށް 7526 އާއިލާއެއް ވެލްފެއާ ސެންޓަރުތަަކަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

މިހަފުތާގެ ކުރީކޮޅުން ފެށިގެން ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި އެގައުމުގެ ކޯރުތައް ފުރި ބަންޑުންވެދާނެ ކަމުގެ ބިރު ހީވިއެވެ. ނަމަވެސް މިހާރު ކޯރުތަކުގެ ފެންގަނޑު ތިރިވާން ފަށާފައިވާ ކަމަށް ލަންކާގެ ޑިޕާޓްމަންޓް އޮފް އިރިގޭޝަނާ ހަވަލާދީ ނޫހުން ބުންޏެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅެއެވެ. އަދި އެގައުމަަކީ ދިވެހިން ގިނައިން ދަތުރުކޮށް އުޅޭ ގައުމެކެވެ.