ދުނިޔެ

ހޮނުއެޅުމުގެ ސަބަބުން އިންްޑިއާއިން 50 މީހުން މަރުވެއްޖެ

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ހިސާބުތަކަށް ހޮނުއެޅުމުގެ ސަބަބުން 50 މީހުން މަރުވެއްޖެއެވެ.

ބީބީސީ ބުނީ ގަދަވަޔާއި ހޮނުއެޅުމުގެ ހާދިސާތަކުގެ ސަަބަބުން އިންޑިއާގެ ބައެއް އަވަށްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އެގޮތުުންް ބައެއް އަވަށްތަކުގެ ފާރުތައް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެސް ވި ކަމަށެވެ.

ހޮނުއެޅުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގީ އިންޑިއާގެ އިރުމަތީގައިވާ ބިހާރު ސްޓޭޓުގައެވެ. އެސްޓޭޓުގައި ހޮނުއެޅުމުގެ ސަބަބުންް 20 މީހުން މަރުވިއެވެ. އިރުމަތީގެ އެހެން ސްޓޭޓެއް ކަަމަށްވާ ޖަރްކާންދުގައި 12 މީހުން މަރުވި އިރު އުތުރުގެ އުއްތަރު ޕްރަދޭޝްގައި 15 މީހުން މަރުވިއެވެ.

ވިއްސާރަމޫސުމުގަައި އިންޑިއާއަށް ހޮނުއެޅުމަކީ އާއްމު ކަމަކެވެ. ނަމަވެސް މިއަހަރު އެގައުމަށް ހޮނުއެޅުން ވަނީ އާދަޔާ ހިލާފަށް ގިނަވެފައެވެ. އެގޮތުން އެގައުމުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދުރަޕްރަދޭޝްއަށް މިދިޔަ އޭޕްރިލްމަހު އެއް ދުވަހެެއްގެ ތެރޭގައި 36000 އަށް ވުރެ ގިނަ ފަހަރު ހޮނުއެޅިއެވެ.
ހޮނުއެޅުމުގެ އިތުރުން ވިއްސާރައިގައި ހިނގި އެހެން ބަައެއް ހާދިސާތަކުގައި ވެސް މީހުން މަރުވިއެވެ. އެގޮތުން އުއްތަރުޚަންދުގައި ގަހެއް ވެއްޓުމުގެ ސަބަބުން ކުޑަ ތިން ކުދިން މަރުވިއެވެ.