ދުނިޔެ

އިންޑިއާގައި ބިންގަނޑު ކަނޑައިގެން ގޮސް 100 މަރު

ދެކުނު އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މީހުން ދިރިއުޅޭ ގެއެއް އަރިއަޅާލާފައި
0%
0%
0%

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބިންގަނޑު ކަނޑައިގެންދިޔަ ހިސާބުތަކުގައި އެތައް ބަޔަކު ތާށިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ. އަދި މީހުން ހޯދުމަށް ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

މީހުން ސަލާމަތް ކުރުމަށް އާންމުންގެ އިތުރުން އިންޑިއާގެ އަސްކަރިއްޔާ އަދި ވައިގެ ސިފައިން ހަކަރާތްތެރިވާ ކަމަށްވެސް ރަސްމީ އިދާރާތަކުން ބުންޏެވެ.

ޒަހަމްތަކަށް ފަރުވާދިނުމަށް 128 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވިދާޅުވި އެވެ.

ބިންގަނޑު ކަނޑައިގެން ދިއުމަކީ ގުދުރަތީ ގޮތުން މެދުވެރިވާ ހާލަތެއް ނަމަވެސް ހިތް ހަލާކުވާ ފަދަ ކާރިސާއެއް ތަޖުރިބާކުރަން ޖެހިފައިވާ ކަމަށް ވެސް އިސް ވަޒީރު ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. އަދި ހާލުގައި ޖެހުނު އެންމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގައި ސަރުކާރުން ބައިވެރިވާނެ ކަމަށާއި ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345