ޕްރޮމޯޝަން

އިނާމްތަކާއެކު ލެކިއުޓް އިލެކްޓްރޯނިކްސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އަގުހުރި އިނާމްތަކާއެކު ލެކިއުޓް ލައިފް ސްޓައިލް އިލެކްޓްރޯނިކްސްގެ ރޯދަ ފްރޮމޯޝަން ފަށައިފި އެވެ. ޕްރޮމޯޝަން ފެށީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

ލެކިއުޓް އިލެކްޓްރޯނިކްސް އިން ވިއްކާ ޕެނަސޮނިކް އާއި ބޯޝްގެ ބައެއް ސާމާނުތަކުން 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ދޭ މި ޕްރޮމޯޝަންގައި އެ ފިހާރައިން 500ރ. އަށްވުރެ މަތީ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ. ޕްރޮމޯޝަން ނިންމުމަށްފަހު ނަސީބުވެރިއަކު ހޮވާނީ ކޫޕަން ފުރުމަށްފަހު އެ ފިހާރައާ ހަވާލުކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

ޕްރޮމޯޝަނުން އެއްވަނަޔަށް ހޮވޭ ފަރާތަކަށް 29،000ރ. ގެ އަހުގުރި ކެފް ކިއު 900 ސްޕީކާ ސިސްޓަމެއް ލިބޭނެ އެވެ. ދެވަނައަށް ހޮވޭ ފަރާތަށް ދޭން ނިންމާފައިވަނީ، 26،000ރ. ގެ ބޯޝް 1200އާރްޕީއެމް ދޮންނަ މެޝިނެކެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހާއި ހަމަޔަށެވެ.