ހަބަރު

ސުނާމީ ބިނާ މައިޒާނުގައި ޖެހުނު ދޯނީގެ ކެޕްޓަން ދޫކޮށްލައިފި

މިދިއަ މާޗް މަހުގެ ތެރޭގައި ތަރައްގީކޮށް ބޭނުން ކުރަން ފެށި ސުނާމީ ބިނާ މައިޒާނުގެ ބޭރު ތޮށިގަނޑުގައި އިއްޔެ ޖެހި އެކްސިޑެންޓްވި ދޯނި ދުއްވަން ހުރި މީހާ ދޫކޮށްލައިފި އެވެ. އޭނާ ދޫކޮށްލާފައިވަނީ ރޭ ބަންދުގެ މުއްދަތުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ، އެ ދޯނި ދުއްވަން ހުރި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް، ވަގުތީ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، ދޯނި އެކްސިޑެންޓުވިކަން ފުލުހުންނަށް އެންގީ އާންމު ފަރާތަކުން ކަމަށާއި އެކަން ދޯނި ދުއްވަން އިން މީހާ ކަމާބެހޭ އެއްވެސް ފަރާތަކަށް އަންގާފައިނުވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކަށް ދޯނި ދުއްވަން ހުރި މީހާ އަމަލުކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އާންމު ގޮތެއްގައި އެފަދަ ހާދިސާތަކުގައި މީހުންގެ ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރީ، ތަކުރާރުކޮށް ލައިސެންސް ނެތި ކަނޑުއުޅަނދު ދުއްވަމުންދާ މީހެއް ކަމަށް ފުލުހުންނަށް ފާހަގަވެގެން ކަމަށެވެ.