ރާއްޖެ ކުޅިވަރު

200 މީޓަރުގެ ގައުމީ ރެކޯޑް ސާއިދު އާކޮށްފި

May 22, 2016

200 މީޓަރުގެ ގައުމީ ރެކޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާކޮށްފި އެވެ.

އޭނާ މި ރެކޯޑް އާކުރީ ޖެމެއިކާގައި މިއަދު ބޭއްވި ފުރަތަމަ ޖެމެއިކާ އެތްލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ދުވެގެންނެވެ. ސާއިދު ރޭސް ނިންމީ 20.81 ސިކުންތުންނެވެ.

ސާއިދަކީ 100 މީޓަރުގެ ގައުމީ ރެކޯޑް ވެސް ހަދާފައިވާ ދުވުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ހޯދައިފަ އެވެ.