ހަބަރު

ކޮމިއުނިޓީ ޕޮލިސްއާ ބެހޭ ތަޖުރިބާ ލިބިގަތުމަށް ހަ ފުލުހަކު އިންޑޮނޭޝިޔާއަށް

އޭޝިޔާ ފައުންޑޭޝަން އިން އިންތިޒާމުކޮށްގެން އިންޑޮނޭޝިޔާގައި ބާއްވާ ކޮމިއުނިޓީ ޕޮލިސް ތަޖުރިބާލިބިގަނެ މައުލޫމާތު ހިއްސާ ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހަ ފުލުހަކު އިންޑޮނޭޝިޔާ އަށް ފުރައިފިއެވެ.

މިމަހުގެ 22 ން 28 އަށް އިންޑޮނޭޝިޔާގައި ބާއްވާ މި ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބައިވެރި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝުހާދު އާއި އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަދުނާން އަލީ އާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސަބާހުގެ އިތުރުން ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ ވަލީދު ސައީދު އާއި ޕޮލިސް ސްޓާފް ސާޖަންޓް އަބޫބަކުރު މުހައްމަދު އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފުލުހުން އިންޑޮނޭޝިޔާގައި ކޮމިއުނިޓީ ޕޮލިސް ކުރިޔަށް ގެންދާ ގޮތާއި އެކަމުގައި ހުރި ރަނގަޅު ކަންކަމާއި ހުރި ގޮންޖެހުންތައް ދެނެގަންނާނެ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން ރާއްޖޭގައި ކޮމިއުނިޓީ ޕޮލިސިން ކުރިޔަށް ގެންދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އިތުރުން އޭޝިޔާގެ ބައެއް ގައުމުތަކުން ވެސް ބައިވެރި ވާނެއެވެ.