ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު އަންނަ މަހުގެ 27ގައި ބާއްވަން ނިންމައިފި އެވެ.
އިންތިހާބުގައި ހޮވާނީ ހަތް މަގާމެކެވެ. އެއީ ރައީސް އާއި ނާއިބް ރައީސް އާއި ހަޒާންދާރަކާއި އެސޯސިއޭޝަނުގެ ފުރިހަމަ މެމްބަރުގެ ގޮތުގަައި ހިމެނޭ ޖަމިއްޔާތަކުން އެއް މެމްބަރަކާއި ފަރުދީ މެމްބަރުންގެ ތެރެއިން އަންހެން އަދި ފިރިހެން މެމްބަރަކާއި އެސޯސިއޭޓް މެމްބަރެކެވެ.
މި މަގާމުތަކަށް ކުރިމަތިލެވޭނީ އެސޯސިއޭޝަނުގެ ފުރިހަމަ މެމްބަރުންނަށެވެ. އެސޯސިއޭޝަނުން ފުރިހަމަ މެމްބަރުން ކަމަށް ބަލަނީ އަހަރީ ފީ ދެއްކުމާއި އުމުރުން 18 އަހަރުވެފައިވާ ފަރާތްތަކެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖޫން މަހުގެ 19 ވަނަ ދުވަހެވެ.