މުހައްމަދު އިސްމާއީލް

ހޯރަފުށީ ނަރުދަމާ ވިއުގަ ހުޅުވައި ދެއްވައިފި

May 23, 2016
1

ހއ. ހޯރަފުށީގައި ނަރުދަމާ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް މިއަދު ހުޅުވައި ދެއްވި މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އާ ހާވާލުކޮށް ނިންމި މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 4، 2014 ގަ އެވެ. މަޝްރޫއު ނިންމާލޯ ޑިސެމްބަރު 31، 2015 ގައެވެ.

މިމަޝްރޫއަށް ޖުމަލް 60,036,031.05ރ. ހަރަދު ކުރި އެވެ. މަސައްކަތް ނިމުނުއިރު، ހޯރަފުށީގައި ހަތަރު ޕަމްޕު ސްޓޭޝަން ގާއިމްކޮށް، 14.94 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގަޔެއް ގާއިމްކޮށް، ނަޖިސް ބޭރު ކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 256 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައި ވެއެވެ.

މި މަޝްރޫއުގެ ސަބަބުން، ހޯރަފުށީގެ ހުރިހާ ގެއަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ. މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.

ހޯރަފުށީ ނަރުދަމާ ވިއުގަ

މަޝްރޫއުގެ އަގު: 60,036,031.05 ރުފިޔާ
ޕަމްޕު ސްޓޭޝަންގެ އަދަދު: 4
ނަރުދަމާ ނެޓުވޯކުގެ ދިގުމިން: 14.94 ކިލޯމީޓަރ
ސީ އައުޓުފޯލްގެ އަދަދު: 1
ދިގުމިން: 256 މީޓަރު
މޭންހޯލްގެ އަދަދު: 382
ނަރުދަމާ ގުޅާދެވުނު ގޭގެ އަދަދު: 671