ރައީސް އަބްދުﷲ ޔާމީން

ރާއްޖެ ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް މިއަހަރު ފ. ގައި ފަށާނެ: ރައީސް

ރާއްޖޭގެ ލޭންޑް ސްކޭޕް ނުވަތަ މަލަމަތި ބަދަލުކޮށްލާނެ ބޮޑު ޕްރޮޖެކްޓެއް އަންނަ ސެޕްޓެމްބަރު މަހު ފ. އަތޮޅުގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީ ނަރުދަމާ ވިއުގަ ހުޅުވައި ދެއްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަޔް ކުރުމުގެ މަޝްރޫއު ފައްޓަަވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ އެކިއެކި ދައުލަތްތަކުން ޝައުގުވެރިވާ ކަމަށާއި އެފަދަ ގައުމަކުން ރާއްޖޭގެ ފ. އަތޮޅުގައި އައިހެވަން ނުވަތަ އެއާ އެއްވަރުގެ ޕްރޮޖެކްޓެއް ފަށަން ހުށަޅާފައިވާ ކަމަށެވެ.

އޭގެ ތަފުސީލަކަށް އެމަނިކުފާނު ވަޑައެއް ނުގަންނަވަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު އަންނަ ސެޕްޓެމްބަރު މަހު ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެކަން ވެެގެންދާނީ ރާއްޖޭގެ ލޭންޑް ސްކޭޕް ބަދަލު ކުރާ ވަރުގެ ބޮޑު މަޝްރޫއަކަށް ކަމަށެވެ. އެހެން ނަމަވެސް ވިދާޅުވީ އެފަދަ ބޮޑެތި ގިނަ މަޝްރޫއުތައް އެއްފަހަރާ ފަށައިގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް އަދިވާނެ ކަމަށެވެ. އެގޮތުން ފައިސާ އާއި ގާބިލްކަމުގެ މައްޗަށް އެމަނިކުފާނު އިޝާރާތް ކުރެއްވި އެވެ.

"އެހެން ނޫން ކަމަށް ވަންޏާ އެ މަޝްރޫއަށް ދާ ހަރަދު ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.