ހަބަރު

ކޮޅުފުށި ކައިރިން ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މި. ކޮޅުފުށި ކައިރިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އެރަށު ނެރު ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ. މިއީ ގއ.އަތޮޅުގައި އޮންނަ ރެސިޑެންސް ރިސޯޓަށް މުދާ ހިފައިގެން ދިޔަ ދޯންޏެެކެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 10:30 ހާއިރު ކަމަށާއި އޭރު އެ ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށެވެ. އެ ހަތަރު މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެމީހުން މިހާރުވަނީ ކޮޅުފުއްޓަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ މި ދޯނި އަޑިއަށް ދިޔައީ ކަނޑުގަދަ ވުމުގެ ސަބަބުން ދުއްވަން ނުކެރިގެން ކޮޅުފުއްޓަށް ވަންނަން އުޅެނިކޮށް ކަމަށެވެ. އެދޯނީގެ ބޮޑު ބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށްވެ އެވެ. ދޯނީގަައި ހުރި މުދާތަށް އޮޔާ ދާތީ ފުލުހުންނާއި ކޮޅުފުށި ކައުންސިލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.