ރައީސް މުހައްމަދު ނަޝީދު

މިވަގުތަށް އޮތީ ބޭރުގައި ހުރުން: ނަޝީދު

May 24, 2016
9

ރާއްޖޭގެ ހާލަތާއި ކަންކަން އޮތް ގޮތުން ރާއްޖެއިން ބޭރުގައި ހުންނަވައިގެން މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ވެބްސައިޓްގައި ބުނެފައި ވަނީ އެއީ "މިވަގޮތަށް އޮތް ގޮތް" ކަމަށާއި މިވަގުތަށް އޮތީ "އިދިކޮޅު ސިޔާސީ ފަރާތްތައް ބޭރުގައި ތިބެ މަސައްކަތްކުރުން" ކަމަށެވެ. އަދި އެ ވެބްސައިޓްގައި ބުނެފައި ވަނީ ސިޔާސީ ރެފިއުޖީ އެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް ހިމާޔަތްދީފައިވާ ކަން ޔަގީންކޮށްދޭ ކަމަށެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވުމަށްފަހު އިނގިރޭސި ވިލާތަށް ވަޑައިގެން ރައީސް ނަޝީދު އިނގިރޭސީ ހިމާޔަތް ހޯއްދެވި އިރު އެމަނިކުފާނު ވަޑައިގެންނެވީ ބޭސްފަރުވާ އަށެވެ.