ހަބަރު

އެމްޕީއެލްގެ ވެހިކަލަކުން ޖެހި ރައިވެރިބޭ މައިޒާނަށް ގެއްލުން ވެއްޖެ!

ރައިވެރިބޭ މައިޒާން ކައިރިން ދުއްވާފައި ދިޔަ އެމްޕީއެލްގެ ވެހިކަލަކުން ޖެހި އެ މައިޒާނަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ވެހިކަލުން ޖެހި ރައިވެރިބޭ މައިޒާނުގެ ޓީ ޖެޓީއާ ވީ ދިމާލުގެ ރެއިލިން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިކަން އިތުރަށް ސާފުވާ ގޮތެއް ނުވި އެވެ،

ރައިވެރިބޭ މައިޒާނުގެ ރެއިލިން ހަލާކުވެފައިވަނީ ރޭ ޓީޖެޓީއާ ދިމާލުން ގޯޅިއަޅަން އުޅުނު ވެހިކަލަކުން ޖެހިފަ އެވެ.

ވެހިކަލަކުން ޖެހި ރައިވެރިބޭ މައިޒާނަށް ގެއްލުންތަކެއް ވެފައިވާއިރު، މިދިއަ ހަފުތާގައ ދެ ދޯންޏަކުން ޖެހި ސުނާމީ ބިނާ މައިޒާނަށް ވެސް ވަނީ ދެފަހަރު މަތީން ގެއްލުންތަކެއް ވެފައެވެ. އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެފަޅަށް ވަދެ ނުކުމެވާ އުޅަނދުތައް ސުނާމީ ބިނާ މައިޒާނަށް ބަލައިގެން ދަތުރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސުނާމީ ބިނާ މައިޒާންގައި ދޯންޏަކުން ޖެހި ގެއްލުންވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ.