މާރާމާރީ ހިންގުން

ތޫނު އެއްޗަކުން ހަމަލާދީ، މުސްކުޅިއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މާރާމާރީއެއް ހިނގައިފި އެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ފިރިހެނަކަށެވެ. މި މާރާމާރީ ހިނގާފައިވަނީ މ.ނަސީމީ ގޭގަ އެވެ.

މާރާމާރީގައި އަނިޔާވި ދުވަސްވީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އަނިޔާވި މީހާއަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެމީހާގެ ވާތު ކޮނޑަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މުސްކުޅިއަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ވާތު ކޮނޑުން ހަން މެށިފައިވާ ކަމަށެވެ.

މުސްކުޅި މީހާއަށް ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.