ބޮލީވުޑް

އައިޝްވާރިޔާ ދަނބު ލިޕްސްޓިކް ޖެއްސީ ސަމާލުކަން ހޯދަން: ސޯނަމް

May 27, 2016
4

މިދިޔަ ހަފްތާގައި ނިމިގެންދިޔަ ކޭންސް ފިލްމު ފެސްޓިވަލްގައި އެތަރިއެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވެނު ބަތަލާއަކަށް އައިޝްވާރިޔާ ރާއީ ވާނެ އެވެ. އެންމެފުރަތަމަ މިފެސްޓިވަލްގެ ރެޑްކާޕެޓްގައި ހިނގާލުމަށް އައިޝްވާރިޔާ އެޅި ހެދުމަށް ކީ ފާޑުކިޔުންތަކުން ފެށިގެން އޭގެފަހުން އައިޝްވާރިޔާގެ އެންމެފަހުން ރިލީޒްވި ފިލްމު "ސަރަބްޖިތް" ޕްރިމިއާގައި ރެޑްކާޕެޓްގައި ހިނގާލިއިރު ތުންފަތުގައި ޖައްސައިގެން ހުރި ދަނބުކުލަޔަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައް ލިބިފަ އެވެ.

މިކަމާ ގުޅިގެން އައިޝްވާރިޔާ އަށް ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް އޭނާ ވަނީ ތުންފަތުގައި ދަނބު ލިޕްސްޓިކް ޖެއްސުމަކީ ލޯރިއަލް ކޮސްމެޓިކްސްއިން ބޭނުންވެގެން ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

އައިޝްވާރިޔާ ކޭންސްގައި ބައިވެރިވަނީ ލޯރިއަލް ބްރޭންޑްތަކުގެ އެމްބެސްޑަރެއްގެ ގޮތުންނެވެ.

އައިޝްވާރިޔާގެ ދަނބު ތުންފަތަށް އިންތިހާއަށް ފާޑުކިޔައި އޭނާ އަށް ގިނަބަޔަކު ޖޯކު ޖަހާފައިވާއިރު، އެންމެފަހުން ބަތަލާ ސޯނަމް ކަޕޫރު މިވަނީ މިކަމާ ގުޅިގެން އައިޝްވާރިޔާ ރައްދެއްދީފަ އެވެ ސޯނަމް ވަނީ އައިޝްވާރިޔާ ތުންފަތުގައި ދަނބުކުލަ ޖެއްސީ މީހުން އެވާހަކަ ދައްކަން އޭނާ ބޭނުންވާތީ ކަމަށް ބުނެފަ އެވެ.

ސޯނަމް ވަނީ އައިޝްވާރިޔާ އެދުވަހު ރެޑްކާޕެޓްގައި ހިނގީ ލޯރިއަލްގެ އެމްބެސެޑަރެއްގެ ގޮތުގައި ނޫންކަމަށާއި މީހުން އެވާހަކަ ދައްކައި އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބި އައިޝްވާރިޔާ ބޭނުންވި ކަންތައްވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އައިޝްވާރިޔާގެ ތުންފަތުގައި ޖައްސާފައި ހުރި ކުލައަކީ ރީތިކުލައެއް ކަމަށާއި އެކުލަ އޭނާއާ ވަރަށް ގުޅޭ ކަމަށް ބުނެފަ އެވެ.

"ފެޝަން އާއި މޭކަޕްގެ ބޭނުމަކީ އެހެން މީހުން އެވާހަކަ ދެއްކުން. އަހަންނަށް ހީވަނީ އައިޝްވާރިޔާ ވެސް ބޭނުންވީ އޭނާގެ ވާހަކަ އެހެންމީހުން ދައްކަންހެން. އައިޝްވާރިޔާ ބޭނުންވި ކަންތައްވެފައި އެއޮތީ. ކޮންމެ އަކަސް އަހަންނަށް ހީވަނީ އެއީ ރަނގަޅު ކަމެއްހެން" އައިޝްވާރިޔާ ތުންފަތުގައި ދަނބު ލިޕްސްޓިކް ޖެއްސުމަކީ ލޯރިއަލްއިން ބޭނުންވެގެން ކުރި ކަމެއްތޯ އެހުމުން އައިޝްވާރިޔާ ބުނެފައިވެ އެވެ.

ސޯނަމްވެސް ކޭންސް ފިލްމު ފެސްޓިވްލްގައި ބައިވެރިވަނީ ހަމަ ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުންނެވެ. ބޮލީވުޑްގެ އެންމެ ސްޓައިލިޝް ބަތަލާގެ ގޮތުގައި މަޝްހޫރު ސޯނަމް ވަނީ މީގެކުރިން އޭނާ ވެސް ވަނީ ދަނބުލިޕްސްޓިކާއި ކަޅު ލިޕްސްޓިކްވެސް ޖައްސާފައި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ވާހަކަވެސް އޭރު މީހުން ދެއްކާފައިވާ ކަމަށްވެސް ބުނެފަ އެވެ.

މިއަހަރު ކޭންސްގެ ރެޑްކާޕެޓްގައި ސޯނަމް ހިނގާލުމަށް ލީ ހުދުކުލައިގެ ރަލްފް އެންޑް ރަސޯގެ ގައުން އަށް ވެސް ވަނީ އެތައް ބަޔަކު ފާޑުކިޔާފަ އެވެ.